މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މި އަހަރުގެ 32 ވަނަ ބައްދަލުވުމަށް ވަން ނޫސްވެރިން ބޭރުކުރީ، އެ ކޮމިޓީއަކީ ސިއްރު ކޮމިޓީއަކަށް ވުމުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ނޫސްވެރިން ވަނުމުން، މަޖިލީހުގެ ސެކިއުރިޓީން ވަނީ އެ ނޫސްވެރިން ގަދަކަމުން ބޭރުކޮށްފައެވެ. ސަބަބެއްކަމުގައި ބުނީ އެއީ ސިއްރު ކޮމިޓީއެއް ކަމަށްވާތީ ކަމަށެވެ. ނަމަވެސް އެތަނަށް ވަން ބައެއް ނޫސްވެރިން ބުނި ގޮތުގައި ކޮމިޓީ ސިއްރުކަން އެންގީވެސް ނޫސްވެރިން އެ ކޮމިޓީގައި ތިއްބައެވެ.
ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާ ކުރުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީ ސިއްރު ކުރީ، އުސޫލާ ހިލާފަށް ކަމަށް އެ ކޮމިޓީގެ މެންބަރެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ.
މަޖިލިސް އިދާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަައި ބުނީ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދެވުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ. ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރު ބަޔަކަށް އެ ބައްދަލުވުމުގައި ނުތިބެވޭނެ ކަމަށެވެ.
އެހެންނަމަވެސް، ތިން ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައިވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަނަލް ސެކިއުރިޓީން އަންގާފައިވަނިކޮށް ގަދަކަމުން ކަމަށާއި ކޮމިޓީކުރާ ކޮޓަރިން އެ ނޫސްވެރިން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ހިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުުމުން ކަމަށް މަޖިލިސް އިދާރާއިން ބުންޏެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި