ޗައިނާ އިންޓަނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ އެ ފެއާ ކުރިއަށްދަނީ މިމަހުގެ 8 އިން 11 އަށް ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައެވެ. އެ ފެއާގައި މިފްކޯގެ ސްޓޯލެއް ބަހައްޓައި މިފްކޯގެ އުފެއްދުންތައް ދަނީ ޕްރޮމޯޓް ކުރަމުންނެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރު، ލޯކަލް ސޭލްސް އެންޑް މާކެޓިން އާއިޝަތު ރިޔާޒާ ވިދާޅުވީ މިފްކޯގެ ތަފާތު އުފެއްދުންތައް އެ ފެއާގައި ދައްކާލައި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.
އެ ފެއާގައި މިފްކޯއިން ބައިވެރިވުމުގެ މަގުސަދަކީ މިފްކޯގެ ވިޔަފާރި ބައިނަލްއަގުވާމީ މާކެޓުތަކަށް ފުޅާކުރުން ކަމަށާއި ހާއްސަކޮށް ޗައިނާގެ މާކެޓުތަކަށް މިފްކޯގެ ވިޔަފާރި ތައާރަފުކުރުން ކަމަށް ރިޔާޒާ ވިދާޅުވިއެވެ.
ޗައިނާގައި ކުރިއަށްދާ އެ ފެއާގައި މިފްކޯއިން ބައިވެރިވެފައިވާ އިރު، މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގައި ވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ. އެފްއެޗްއޭއެމް ފެއާގައި ބަހައްޓާފައިވާ މިފްކޯގެ ސްޓޯލަށް ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ