ރާއްޖޭގެ ކުރިއެރުމާއި މުވާސަލާތާއި އިގުތިސޯދުގައި ވެސް ޒަމާންތަކަކަށް ދެމިހުންނާނެ އަގުހުރި ހިދުމަތްތަކެއް ޕޯސްޓްގެ ޒަރީއާއިން ފޯރުކޮށްދީފަައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޕޯސްޓުގެ ހިދުމަތް ދޭން ފެށިތާ 119 އަހަރު ފުރުން ފާހަގަ ކުރުމަށް ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ 119 އަހަރު ޕޯސްޓްގެ ހިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާ މެދު ގައުމު ފަހުރުވެރިވާ ކަމަށެވެ.

"ޕޯސްޓް ހިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ދަންނަވަން."ރައީސްގެ ކުރު ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ޕޯސްޓުގެ ހިދުމަތް ގާއިމު ކޮށްފައިވަނީ 1906 ވަނަ އަހަރެވެ.