ސައިކަލެއް ވަގަށް ނެގި މީހަކު ހަތަރު މަސް ދުވަހަށް ޖަލަށްލުމާއެކު 11 މަހާއި ހަ ދުވަހުގެ ގޭބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ގ. އިދިމާ، އަލީ އުނައިސްގެ މައްޗަށް މި ހުކުމްކުރީ ސައިކަލެއް ވަގަށް ނަގައިގެން ދަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށް ތަހުގީގު ކުރުމުން އެކަމަށް އޭނާ އިއުތިރާފުވެފައިވާތީއެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކުރީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
އަލީ އުނައިސްގެ އިއުތިރާފްގެ މައްޗަށް، އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ތަންފީޒު ކުރަންޖެހޭ ނުވަ މަހާއި 18 ދުވަހަށް ޖަަލު އަދަބުގެ ތެރެއިން ފަސްމަހާއި 18 ދުވަހުގެ ޖަލު އަދަބު ގޭބަންދަށް ބަދަލު ކުރުމަށް ވަނީ ނިންމައިފައެވެ.
އެހެންކަމުން މި ދައުވާއާ ގުޅިގެން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ، ހަތަރު މަސްދުވަހަށް ޖަލަށްލުމާއެކު 11 މަހާއި ހަ ދުވަހުގެ ގޭބަންދުކަމަށް ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު