އިޒްރޭލުން ހަމަލާދީ ގާޒާގެ 52 މީހުން މަރާލައިފިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ ގަތުލްއާންމުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 52 މީހުން މަރާލާފައިވާ އިރު އޭގެތެރޭގައި ނޫސްވެރިއަކު ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ހަމަލާދީ މަރާލާފައިވަނީ ''ޕަލެސްޓައިނަން މީޑިއާ'' އަށް ނިސްބަތްވާ އޮސާމާ ބަލޫޝާ ނަމަކަށް ކިޔާ ނޫސްވެރިއެކެވެ.
މިހާތަނަށް އިޒްރޭލުން ހަމަލާދީ ގާޒާގައި ހަރަކާތްތެރިވި 250 ނޫސްވެރިން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އިޒްރޭލުން ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ތުހުމަތު ކޮށްފައިވާއިރު ގާޒާއަށް އެތެރެވުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް އިޒްރޭލުން ހުއްދަ ނުދޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.ދެހާސްތޭވީސް ވަނަ އަހަރުގެ އޮކްޓުބަރުގެ ފަހުން އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ ގަތުލްއާންމުގައި މިހާތަނަށް 64،522 މީހުން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މިހާތަނަށް 163،096 މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާކަމަށްވެސް އޮފިޝަލުން އާންމުކޮށްފައިވާ މައުލޫމާތުގައިވެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު