ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރައްވާފައި ވަނީ މ. ޕޮޕީ، މުހައްމަދު ޝަފީގު މަހުމޫދާއި ސ. ހުޅުދޫ، ސީބްރީޒް، އަހުމަދު މަގުސޫމްއެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، އެ ދެ ބޭފުޅުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެޗްއާރްސީއެމްއަށް ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި މަގުސޫމަށް، މަޖިލީހުން ރުހުން ދީފައިވަނީ އެ މަހުގެ 27 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ.
މުހައްމަދު އިޝާން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް