ވައިގަދަވުމުގެ ސަބަބުން މަފަރޫފޭދޫގެ ހަތް ގެޔަކަށް ގެއްލުންވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުގައި މަރަދޫ ފޭދޫ ތަމްސީލު ކުރައްވާ ކައުންސިލަރު ހާލިދާ މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ މަރަދުފޭދޫގައި ވައިގަދަވުމުގެ ސަބަބުން ބައެއް ގެތަކުގެ ފުރާޅުތައް އެއްލާލާފައިވާ ކަމަށެވެ. އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ހިނަވާގެއަށް ކަމަށެވެ.
"ބައެއް ގެތަކުގައި ދެ ތިން ޓިނުގަނޑު، އަނެއް ގެތަކުގައި މުޅި ފުރާޅު އެއްކޮށް އެއްލާލައިފައި. އެއީ ހިނަވާގެ އާއި އާންމު ފަރާތެއްގެ ގެތަކުގެ ފުރާޅުތައް އެއްކޮށް އެއްލާލައިފައި،" އޭނާ ވިދާޅުވިއެވެ.
ހާލިދާ ވިދާޅުވީ ހަތް ގެއަކަށް ގެއްލުން ވެފައިވާ ކަމަށާއި ހިނަވާގޭގެ ފާރު އެކީ ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދިވެސް ރިޕޯޓު އަންނަމުންދަނީ. މިހާރު ބަލަމުންދަނި ސީދާ ކިހާވަރަކަށް ކަމެއް ނޭނގޭ ގެއްލުންވެފައިވަނީ. އެކި އަވަށު އޮފީހުން އެކި ސަރަހައްދުތަކަށް މީހުން ފޮނުވައިގެން މިއުޅެނީ ރިޕޯޓު އަންނަ ވަރަކުން. އެންމެންގެ އެހީތެރިކަން ބޭނުންވަނީ." އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ބޮޑުމަގު ބަންދުކޮށްފައިވާ ކަމަށާއި މި ވަގުތު ރަށު ރައްްޔިތުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށްވެސް ހާލިދާ ވިދާޅުވިއެވެ. އަދި އެކަމުގެ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކަށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
މަރަދޫ
މަރަދޫ
މަރަދޫ
މަރަދޫ