ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެ ކުންފުނި ހިންގުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން މިއަދު ވަކިކުރި ހުސައިން ފަހުމީ ޝުކުރު އަދާކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 27 އަހަރު މަސައްކަތްކުރެއްވި ސްޓެލްކޯ ލީޑް ކުރައްވަން ރައީސް މުއިއްޒު ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށާއި ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން ހާސިލުކުރެވުނު ހުރިހާ ކަމަކާ މެދު ފަހުރުވެރިވެ، ކުރިއަށް އޮތްތާނގައި ސްޓެލްކޯއަށް ކުރިއެރުމާއި ކާމިޔާބީއާއި ފާގަތިކަމަށް އެދެން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ސްޓެލްކޯއިން ވަކިކޮށްފައި މިވަނީ އޭނާ ވަކިކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ