އަކްޝޭ ކުމާރާއި އާޝާދު ވަރްސީގެ ފިލްމު "ޖޮލީ އެލްއެލްބީ 3" އާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖައްސާފައިވަނީ މިމަހު 19 ގައެވެ.
ފިލްމުން ގާނޫނީ ދާއިރާ އާއި ފަނޑިޔާރުންނަށް އިހާނާތްތެރިވާ ކަމަށްބުނެ، ޕޫނޭގެ ވަކީލުންތަކެއް ވަނީ މައްސަލައެއް ހުށަހަޅައި، ފިލްމު މަނާކުރުމަށް އެދިފައެވެ. އެމީހުން ވަކިން ހާއްސަކޮށް، ފަނޑިޔާރަކަށް "މާމޫ" ކިޔާލާ ސީނަކަށް ވަނީ ދެކޮޅު ހަދައިފައެވެ. މި މައްސަލައާ ގުޅިގެން ފިލްމުގެ ބަތަލުންނަށް ކޯޓަށް ހާޒިރުވުމަށްވެސް ވަނީ އަންގައިފައެވެ.
ނަމަވެސް، އަލަހާބާދު ހައި ކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލައިފައެވެ. ފަނޑިޔާރުން ވަނީ ފިލްމުގެ ޓްރެއިލަރުތަކާއި ޓީޒާތަކާއި "ބާއި ވަކީލް ހޭ" ކިޔާ ލަވައިގެ ލިރިކްސް ބަލައި، ގާނޫނީ ދާއިރާއަށް ގޯސް އަސަރެއް ކުރާނެ އެއްވެސް އެއްޗެއް ފިލްމުގައި ނެތް ކަމަށް ނިންމައިފައެވެ.
މައްސަލަ ހުށަހެޅި ފަރާތުން، އޮންލައިން ކޮންޓެންޓުތަކާ ބެހޭ ގަވައިދުތަކުގެ ދަށުން، ފުރަތަމަ އެކަށީގެންވާ ފަރާތަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. މިކަމަށް އެއްބަސްވެ، ކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް