މަޝްހޫރު ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިޓަލީގެ މަޝްހޫރު ޑިޒައިނަރު އަދި ބިލިއަނަރު ޖޯޖިއޯ އަރްމާނީ މަރުވެފައިވަނީ އުމުރުން 91 އަހަރުގައެވެ.
އެތައް ބައެއްގެ މެދުގައި މަގުބޫލު ޖޯޖިއޯ އަރްމާނީ ވެފައިވަނީ ފެޝަން އިންޑަސްޓްރީގައި އެންމެ އުހުގައި ހަރަކާތްތެރިވި ޑިޒައިނަރަށެވެ. ފެޝަންގެ އިތުރުން ސެންޓާއި މިއުޒިކްގެ އިތުރުން ކުޅިވަރު ސާމާނާއި ހޮޓެލް އިންޑަސްޓްރީގައި ވެސް ޖޯޖިއޯ އަރްމާނީ ވަނީ ފާހަގަވެފައެވެ.
ޖޯޖިއޯ އަރްމާނީގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އާންމުކޮށްފައިވާ ބަޔާނުގައި ވަނީ ޖޯޖިއޯ އަރްމާނީ މަރުވުމާ ހަމައަށް އެ ކުންފުނީގެ ޕްރޮޖެކްޓުތައް އޭނާ ވަރަށް ގާތުން ބަލާފައިވާ ކަމަށް ފާހަގަކޮށްފައެވެ.
ޖޯޖިއޯ އަރްމާނީ ވެފައިވަނީ ދުނިޔޭގެ އެކި ފެޝަނާ ގުޅޭ އިވެންޓުތަކުގައި އެންމެ ހިޓް ވެގެންދާ ޑިޒައިނަށް ވެފައެވެ.
އަރްމާނީގެ މަރާއެކު، ދުނިޔޭގެ މަޝްހޫރު ފެޝަން ޑިޒައިނަރުން ދަނީ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުތައް ހިއްސާކުރަމުންނެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
އިރާނު-އިޒްރޭލު ހަނގުރާމަ
ވިޔަފާރި