ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އެ ސިޓީގެ ކައުންސިލުން އިއުލާންކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއްޔެކުރި އެ އިއުލާނުގައި ބުނީ އެ ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް 30 ޖުލައިގައި ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވާލާ ކަމަށެވެ.
ބީލަމާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ، މިމަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެ ކައުންސިލަށް އީމެއިލް ކުރަންޖެހޭނެ ކަމަށާއި ބީލަމުގައި ރަޖިސްޓްރީވާން ހުޅުވުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހު 10:30 ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ބިޑު ހުށަހެޅުން 18 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ ބިޑެއް ކަމަށާއި، ބިޑު ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަަކަށް އެކަނިކަމަށް ކައުންސިލުން ބުންޏެވެ.
މުހައްމަދު އިޝާން
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ