މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 50 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން މި ހުކުމް ކުރީ، ހދ. ކުޅުދުއްފުށީ ކޮށީގެ އާމިނަތު ލަމްހާގެ މައްޗަށެެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
ދައުވާގައި ބުނެފައި ވަނީ، ރޭގަނޑެއްގެ 00:14 އެހާކަށްހާއިރު ދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުލައިޓަކުން ފައިބައިގެންދިޔަ މަގުމަތީގައ،ި ލަމްހާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ ހުއްޓުވައ،ި ހައްޔަރުކޮށް، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި ކަމަށެވެ.
އެއަށްފަހު އޭނާގެ ހަށިގަނޑު ބަލައި ފާސްކުރަން ފެށުމުން، އޭނާ އަމިއްލައަށް، އޭނާ އަޅައިގެން ހުރި ބްރާގެ ވައަތް ފަރާތު ކަޕް ތެރެއިން ނެގި ހުދުކުލައިގެ ޓިޝޫ އޮޅާފައިވާ އެއްޗެއްގެ ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅުގައި ހުރީ މެޓަމްފެޓަމިން ރެސިމޭޓް ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަަމަށެވެ.
ދައުވާއަށް ޖަވާބުދާރީވާން އެންގުމުން ދައުވާއަށް އިންކާރުކޮށް، އޭނާ ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ހެކީގެ ގޮތުގައި، ފުލުހުންގެ ހެކި ބަހާއި މަސްތުވާތަކެތީގެ ތަހުލީލީ ރިޕޯޓާއި ފޮރެންސިކް ރިޕޯޓާއި މޯބައިލް ފޮރެންސިކް ރިޕޯޓާއި ސީން އޮފް ކްރައިމް އޮޑިޓް ރިޕޯޓް ހުށަހެޅިއެވެ.
މީގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި، ތަހުގީގުގައި ބަޔާން ދީފައިވާ ޝަފަވީ ހެކިންގެ ބަޔާންތަކާއި މި މައްސަލައިގައި ތައްޔާރު ކޮށްފައިވާ ތަހްލީލު ރިޕޯޓުތަކާއި ރިޕޯޓްތަކާ ގުޅޭ ލިޔެކިޔުންތައް، އަދި މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމާއި ޗެއިން އޮފް ކަސްޓަޑީ ކާޑުތައް ހުށަހެޅިއެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގައި ލަމްހާގެ ނަމުގައި ހުޅުވާފައިވާ އެކައުންތްތަކުގެ ސްޓޭޓްމަންޓްތައްވެސް ހުށަހެޅިއެވެ.
މީގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުުރުމުގެ ދައުވާ ސާބިތުވާތީ، 25 އަހަރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް، އަދި ޖަދުވަހު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާތީ، 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާވެސް 12 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ހާރިޖީ ގުޅުން
ބޭސް
ވިޔަފާރި
ކޮމެންޓް