ތެލަސީމިއާ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް ހުޅުވައިފިއެވެ.
"ތެލަަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު"ގެ ނަމުގައި ހުޅުވި އެ ސެންޓަރު މިއަދު ހުޅުވާފައިވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ހިންގާ އޮރެންޖު ހިޔާ ބިލްޑިންގައެވެ.
އެ ސެންޓަރުގެ މަގުސަދަކީ ތެލެސީމިއާ ބަލި މީހުން ގާތުން މޮނިޓާކޮށް، އަވަހަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން އަތޮޅުތެރޭގައި ދިރިއުޅޭ ބަލި މީހުންގެ ހާލަތު ދެނެގަތުމަށް އެ ސެންޓަރުން ގުޅައި، އެހީތެރިކަން ބޭނުންވާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ތެލަަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ސެންޓަރު ހުޅުވިގެން މިދަނީ މެޑިކަލް އޮފިސަރުންނާއި ޕަބްލިކް ހެލްތު އޮފިސަރުން އަދި ކައުންސިލަރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާ ގޮތުގެ މަތިން އިންތިޒާމުކުރެވިގެން ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް އެ ކުއްޖަކު ދިރިއުޅެމުންދާ ސަރަހައްދަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ތެރެއިން، ތެލަސީމިއާ ބަލި މީހުން ދިރިއުޅޭ ރަށްރަށުގެ މައުލޫމާތު މިހާރު އެއްކުރެވިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
"މި ފަރާތްތަކުގެ ތެރެއިން ބޭސް ލިބުން މިވަގުތު މެދުކެނޑިފައިވާ ރަށްތައް ފާހަގަކުރުމަށްފަހު އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް އެ ރަށްރަށުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި. ސިރަމް ފެރެޓިން ނެތް އަތޮޅު ހޮސްޕިޓަލުތަކަށް ސިރަމް ފެރެޓިން މެޝިން ހަމަކުރުމުގެ މަސައްކަތް ވެެސް މިހާރު ވަނީ ފަށާފައި،" އޭނާ ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ތެލަސީމިއާ ބަލި މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ލިބޭނެ ނިޒާމެއް ހަމަޖެއްސުމަށް ސިއްހީ ހިދުމަތްދޭ ތަންތަނުން ކޮންމެ މަހަކު ތަފްސީލީ ރިޕޯޓެއް މިނިސްޓްރީއަށް ފޮނުވުމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
ތެލެސީމިއާ