ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަން ކުރަނގީގެ މަސައްކަތުގެ ދަށުން، އެއް އަހަރުތެރޭ ދޮޅުލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މަޖީދު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ދިން ފުރުސަތުގައި އެއް އަހަރުދުވަހުގެ މުއްދަތުގެތެރޭގައި ބަޔޯ މެޓްރިކްސް އަޕްޑޭޓް ނުކުރާ އެންޕްލޮޔަރުންނަށް އެއްމަސްދުވަހުގެ ފުރުސަތެއް ދިނުމަށްފަހު މިހާރުވާނީ އެސްޕެކްޓް ޕޯޓަލްގެތެރެއިން، އެ ފަރާތްތަކަށް ހިދުމަތް ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފައި ކަމަށެވެ.
"ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ބަޔޯ މެޓްރިކްސް އަޕްޑޭޓްކޮށް އަދި އެ މީހުންގެ ފޮޓޯ އަޕްޑޭޓްކުރުމަށް ކުރިޔަށްގެންދިޔަ އޮޕްރޭޝަން ކުރަނގި އެއީ 2024 މެއި 2 ވަނަ ދުވަހު އެއް އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރިޔަށްގެންދިޔަ މަސައްކަތްތަކެއް. އެއް އަހަރު ދުވަހުގެތެރޭގައި 160،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކުރެވިގެން ދިޔަ." އޭނާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ މިނިސްޓްރީގެ އެންޕްލޮއިމަންޓް ސާވިސްގެ އެކްޒެކެޓިވް ޒުބާނާ އިބްރާހިމް ވިދާޅުވީ އެކިއެކި ވިޔަފާރީގެ ޝަހުޝުގެ ގޮތުގައި ރަޖިސްޓްރީކޮށްފައި، އެކްސްޕެޓް ސިސްޓަމުން ހިދުމަތްދިނުމަށް 68000 އަށްވުރެ ގިނަ ފަރާތްތަކުން ސިސްޓަމްގައި ރަޖިސްޓްރީވެފައި ތިބި ކަމަށެވެ.
އެ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު ގިނަ ވުމުން ނުދައްކާ ހުރި ފީތައް ދައްކަން އެއް އަހަރުދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށާއި މިދިޔަ 2024ގެ އޮކްޓޯބަރުން މި އަހަރުގެ އޮކްޓޯބަރާ ހަމަޔަށް އެއް އަހަރުގެ ލުޔެއް ދީފައިވާނެ ކަމަށް ޒުބާނާ ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ