ސަން ސިޔާމް ރިސޯޓްތަކުގެ އާ ބްރޭންޑިން، އެ ކުންފުންޏަށް 35 ފުރުމުގެ މުނާސަބަތުގައި ތައާރަފުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ރޭ އޮޅުވެލި ރިސޯޓުގައި ބޭއްވި ހަފުލާގައި ވަނީ ސަން ސިޔާމްގެ އާ ބްރޭންޑިންތައް ދައްކާލައިފައެވެ.

'ދިވެހިވަންތަ މަންޒިލެއްގެ އިހުސާސް' މި ޝިއާރުގެ ދަށުން ސަން ސިޔާމްގެ ބްރޭންޑިން އާކޮށްލާފައިވަނީ ތިން ފަންތިއަކަށް ބަހާލައިގެންނެވެ.

ލަގްޒަރީ ކަލެކްޝަން: ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ މުއްސަނދި ތަޖުރިބާތައް ދޭ ރިސޯޓްތަކެއް؛ މި ކަލެކްޝަންގައި ހިމެނެނީ ސަން ސިޔާމު އިރުފުށި

ލައިފްސްޓައިލް ކަލެކްޝަން: އެޑްވެންޗަރަށް ލޯބިކުރާ އަދި ތަފާތު ތަޖުރިބާތައް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ރިސޯޓްތަކެއް؛ މި ކަލެކްޝަންގައި ހިމެނެނީ ސަން ސިޔާމު އޮޅުވެއްޔާއި ސިޔާމު ވޯލްޑް

ޕްރައިވޭ ކަލެކްޝަން: މި ބަޔަކީ ހާއްސަ ކޮމްފޯޓަށް އިސްކަންދޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ރިސޯޓްތައް؛ މި ބައިގައި ހިމެނެނީ ސަން ސިޔާމު އިރުވެލި، ސަން ސިޔާމު ވިލު ރީފުގެ އިތުރުން ސްރީ ލަންކާގެ ސަން ސިޔާމު ޕަސިކުޑާ

ސަން ސިޔާމް ގުރޫޕުގެ ދަށުން, ރާއްޖޭގައި އަންނަނީ ފަސް ރިސޯޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ.