އެމެރިކާއިން އިންޑިއާއަށް އެތެރެކުރާ މުދަލުން ނަގަމުންދިޔަ ޓެރިފް އެއްކޮށް ކަނޑާލުމަށް އިންޑިއާއިން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ސޯޝަލް ގައި އިންޑިއާއިން އެންމެ ފަހުން ޓެރިފް ކަނޑާލަން ނިންމާފައިވާ ކަމަށާއި ނަމަވެސް މިހާރު މާ ލަސް ވެއްޖެ ކަމަށް ފާހަގަކޮށް ޕޯސްޓެއް ކުރައްވައިފައެވެ.
ވޮޝިންޓަންގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ޓްރަމްޕްގެ ޕޯސްޓާ ގުޅިގެން އަދި ކޮމެންޓެއް ކޮށްފައިނުވާ އިރު، އެ އެމްބަސީން ވަނީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރުމުން ނުރުހުން ފާޅުކޮށްފައެވެ.
ޓްރަމްޕް މިގޮތަށް ވިދާޅުުވެފައި މިވަނީ ޗައިނާގައި ކުރިއަށް ދާ ހާއްސަ ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެން ޗައިނާގެ ރައީސްގެ އިތުރުން ރަޝިޔާގެ ރައީސްއާ އެކު އެކުވެރި މާހައުލެއްގައި ބައްދަލުކުރިތާ ގިނަ އިރުތަކެއް ނުވަނީސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި