ބިންހެލުމުގައި އަފްގާނިސްތާނުން މަރުވި މީހުންގެ އަދަދު 800 އަށް އަރައިފިއެވެ.
އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދުތަކަށް އިއްޔެ އައި އެބިންހެލުމުގައި މަރުވި މީހުންގެ އަދަދު 800 އަށް އަރާފައިވާއިރު 3000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.
ރިކްޓަ މިންގަނޑުން 6.0 މެގްނިޓިއުޑްގެ އެބިންހެލުމުގެ ސަބަބުން އެގައުމުގެ ކުނާރް ޕްރޮވިންސަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މަރުވި މީހުން އެންމެ ގިނައީ އެޕްރޮވިންސުން ކަމަށް ރިޕޯޓުތައް ބުނެއެެވެ.
ފަރުބަދަ މަތީ ސަރަހައްދަކަށް އައި އެބިންހެލުމުގެ ސަބަބުން ލިބިފައިހުރި ގެއްލުންތަކުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ދަތިވެފައިވާކަމަށް ރެސްކިއު އޮފިޝަލުން ބުނެފައިވެއެވެ.
ރެސްކިއު ޓީމުތަކަށް މީހުން ސަލާމަތް ކުރުމަށް ކުރަމުން ދާ މަސައްކަތަށް އެސަރަހައްދަށް ލިބިފައިހުރި ގެއްލުންތަކުގެ ސަބަބުން އުނދަގޫތަކަކާ ކުރިމަތިވެފައިވާއިރު އޮފިޝަލުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެހެން ކަމުން މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު