މިއަހަރުގެ މަސް ރޭހަށް މުޅިން އަލަށް އުރީދޫ އެޕްގައި މަސް ރޭސް ޑިޖިޓަލް ގޭމް ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ ޑިޖިޓަސް މަސް ރޭހުގައި ބައިވެރިވެގެން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާ މީހުންނަށް ރާއްޖޭގެ އެންމެ ބޮޑު ފިޝިން ޓެކްލް ފިހާރަ ކަމަށްވާ ހައި ފިޝިން ޓެކްލްސްއިން ހާއްސަ އިނާމުތަކެއް ހުށަހަޅާނެ ކަމަށެވެ.

  • އެއްވަނަ: ޑައިވާ ސަލްޓިގާ 2025 ރީލް
  • ދެވަނަ އަދި ތިންވަނަ: ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ ގޭންގްސްޓާ (އެޗް/ޑީ) ރޮޑްސް

ޑިޖިޓަލް މަސް ރޭހުގެ ގޭމް މިހާރުން ފެށިގެން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލާ ހަމައަށް ލައިވްކޮށް، ކޮންމެ ވަގުތެއްގައި ވެސް، ކޮންމެ ތަނެއްގައި ވެސް ކުޅެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ގޭމުގައި ވާދަކުރާ ޓީމުތަކުގެ ނަންތައް ހިމަނައިފައިވާނެ ކަަމަށާއި އެގޮތުން ކޮންމެ ކުޅުންތެރިއަކަށް ވެސް އެ ޓީމުތަކުގެ ތެރެއިން ޓީމެއް އިހުތިޔާރުކޮށް، މަސް ހިފުމަށް ޓެޕްކޮށް، ޕޮއިންޓް އެއްކޮށްގެން ލީޑަރުބޯޑުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ޑިޖިޓަލީ ބާނާ ކޮންމެ މަހަކަށް އެއް ޕޮއިންޓް ލިބޭ އިރު، މުބާރާތުގެ މުއްދަތުގެ ތެރޭގައިވެސް ކުޅުންތެރިންނަށް ލީޑަރުބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް މަސްރޭހުގައި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ހުރިހާ އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫން ބުންޏެވެ.

އަދި މިއީ ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތެއްކަމަށް އުރީދޫން ބުންޏެވެ.