އއ. އުކުޅަހުގައި ޒަހަމްވި ބައްޕަ އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އުކުޅަހުގައި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އައިޖީއެމްއެޗް މީޑިއާއިން މިއަދު "ވަން" އަށް ބުނީ އުކުޅަހުން ޒަހަމްވެގެން ގެނައި މީހާއަށް އެމެޖެންސީގައި ފަރުވާދެމުން ގެންދާ ކަމަށެވެ. އަދި އޭނާގެ ނަފްސާނީ ދަރިފުޅަށްވެސް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުންގެންދާ ކަމަށެވެ.
ނަމަވެސް އެ ދެ މީހުންގެ ހާލަތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
ހަމަލާދީފައިވަނީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ރޭ ބުނީ ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އއ. އުކުޅަސް
އއ. އުކުޅަސް
އއ. އުކުޅަސް