ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ބެޑްމިންޓަން މުބާރާތް މާދަމާ ފަށަން ހަމަޖެހިއްޖެއެވެ.

ދިރާގުން މިއަދު ބުނީ އެ މުބާރަތް ކުރިއަށްދާނީ ކުޅިވަރު އެކުވެނި ބެޑްމިންޓަލް ހޯލުގައި ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ދަ ބެޓްމިންޓަން ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ބެޑްމިންޓަން ކުލަބުގެ ކުޅުންތެރީންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ.

އެ މުބާރާތުގައި 8 ގައުމަކުން 347 ކުޅުންތެރީން ބައިވެރިވެފައިވާ ކަމަށާއި ޖުމުލަ 733 މެޗު މުބާރާތުގައި ކުޅޭނެކަމަށް ދިރާގުން ބުންޏެވެ.

ހަ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިން ކުޅޭނެކަމަށް ދިރާގުން ބުންޏެވެ.

އަދި އޯޕަން ކެޓަގަރީއާއި ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީވެސް މި މުބާރާތުގައި ހިމެނޭކަމަށް ދިރާގުން ބުންޏެވެ. މިއީ ހުރިހާ ފެންވަރެއްގެ ކުޅުންތެރިންނަށް ވެސް ބައިވެރިވެ، ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމެއްކަމަށް ދިރާގުން ބުންޏެވެ.

ދިރާގަކީ ރާއްޖޭގެ އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، މުޖުތަމައަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.