ރާއްޖެއަށް ފަތުރުވެރިކަން ތައާރުފުކުރުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ސިއްހީ ހާލުކޮޅު ދަށް ވެ، އައިސީޔޫގައި ފަރުވާދޭން ފަށައިިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދެމުން އަންނަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތް ހޮސްޕިޓަލުގަ އެވެ. އަދި ފަރުވާ ދެމުންދާތާ މަހެއްހައި ދުވަސްވަނީ ވެފަ އެވެ.
މުހައްމަދު އުމަރު މަނިކަކީ ރާއްޖެއަށް ޓޫރިޒަމް ތައާރުފު ކުރުމާއި ރިސޯޓްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އަދި ސަރުކާރުގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
މުހައްމަދު އުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރި ކަމުގެ އިނާމު ލިބިވަޑައިގެންފައެވެ.
އާއިޝަތު މާހާ
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ތައުލީމީ ދާއިރާ
ރައްޔިތުންގެ މަޖިލިސް