ނިއުކާސަލް ދޫކޮށްލަން ބޭނުންވެ، ހަޅުތާޅެއްގައި ހުރި އެލެކްސެންޑާ އިސާކަށް ސްވިޑެން ގައުމީ ޓީމުން ފުރުސަތު ދީފިއެވެ.
އިސާކް، ނިއުކާސަލްއާ މައްސަލަ ޖެހި، މިހާތަނަށް މީ ސީޒަނުގެ އެއްވެސް މެޗެއްގައި ކުޅެފައެއް ނުވެއެވެ. އުމުރުން 25 އަހަރުގެ އިސާކް މިވަގުތު ތަމްރީނުތައް ފުރިހަމަކުރަމުން ދަނީވެސް ޓީމާ ވަކިންނެވެ.
އިސާކް، ނިއުކާސަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ތިން އަހަރުގެ މުއްދަތެއް ބާކީ އޮތް ނަމަވެސް، އޭނާ ބޭނުންވަނީ ކްލަބު ދޫކުށްލުމަށެވެ. ހަބަރުތައް ބުނެފައި ވަނީ އިސާކް، ކްލަބު ދޫކޮށްލަން ބޭނުންވެ ލިވަޕޫލާއެކު އެއްބަސްވުމަކަށް އައިސްފައިވާ ނަމަވެސް، އެ ކްލަބަށް ނުދެވިގެން އުޅެނީ ނިއުކާސަލްއިން އަގަކަށް އެއްބަސްނުވެގެން ކަމަށެވެ.
ނިއުކާސަލްއިން ވަނީ ލިވަޕޫލުން ހުށަހެޅި 110 މިލިއަން ޕައުންޑްގެ އަގަކަށް ނޫނެކޭ ބުނެފައެވެ.
އިސާކް މިހާތަނަށް ގައުމީ ޓީމަށް 52 މެޗުން، 16 ގޯލު ޖަހައިދީފައިވާ އިރު، އޭނާއާއެކު އާސެނަލްގެ ވިކްޓޯ ޔޯކެރޭޝްވެސް ވަނީ ގައުމީ ޓީމަށް ނަގައިފައެވެ.
ސްލޮވޭނިއާއާއި ކޮސޯވޯއާ ދެކޮޅަށް ކުޅެން ސްވިޑެންގެ ކޯޗު ޖޯން ދަލް ތޮމަސޮން ނެގި ސްކޮޑްގައި އިސާކް ހިމެނުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ކޯޗު ބުންޏެވެ. ކޯޗު ތޮމަސޮން ބުނީ އިސާކް މެޗުތައް ނުކުޅެ ހުރުމަކީ އުނދަގޫތަކެއް ދިމާވާނެ ކަމެއް ކަމެއް ނަމަވެސް، އިސާކަށް އަންނަ އަހަރުގެ ވޯލްޑް ކަޕުވެސް މުހިއްމު ކަމަށެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު