ރަސްމާލޭ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް ސީ އާއި އީ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި، ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރަކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެޗްޑީސީން ބުނީ، އެހެންވެ، އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިިކަމެއް ނޫން ކަމަށެވެ.
އެޗްޑީސީން ވަނީ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އެ ތަނުގައި ޑްރެޖާ ދަތުރުކުރާނެ ރޫޓުގެ ޗާޓުވެސް އާންމުކޮށްފައެެވެ.
އަލީ ޔާމިން
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި