އެސްޓީއޯގެ ހަރަދުގައި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ދިން މުވައްޒަފަކު، ކޯސް ފުރިހަމަ ނުކޮށް، އެ ކޯހަށް ކަނޑައެޅި ބޮންޑުގެ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ވަކިވުމުން، ބަދަލުގެ ގޮތުގައި 14 ދުވަހުގެ ތެރޭގައި ހަތް ލައްކައެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އެސްޓީއޯއިން ސިވިލް ކޯޓުގައި ދައުވާކުރީ އެ ކުންފުނީގެ ސްޕޮންސަޝިޕްގައި 2010 ވަނަ އަހަރު ބެޗްލާސް އޮފް ސައިންސް އިން ފުޑް ސައިންސް އެންޑް ނިއުޓްރިޝަން ކޯހުގައި ބައިވެރިކުރި މުވައްޒަފަކު އެ ކޯސް ފުރިހަމަ ނުކޮށް، އަދި ބޮންޑުގެ މުއްދަތުގައި ވަޒީފާއިން ވަކިވެފައިވާތީއެވެ.
އެ ދައުވާގައި ކުންފުނިން ބުނެފައިވަނީ، މުވައްޒަފަކާއެކު ވެފައިވާ އެއްބަސްވުމާ، މުވައްޒަފު ހިލާފު ވެފައިވާ ކަމަށެވެ. އެހެންވެ، އެސްޓީއޯއިން އެ ކޯހަށް ކުރި ހަރަދު މުވައްޒަފުގެ އަތުން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފައެވެ.
މި ދައުވާއަށް މުވައްޒަފުގެ ފަރާތުން ކޯޓަށް ޖަވާބުދާރީއެއް ނުވެ އެވެ. އެހެންވެ، ހުކުމް އިއްވާފައިވަނީ އޭނާގެ ގައިރު ހާޒިރުގަ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ކޯހަށް އެސްޓީއޯއިން ހަރަދުކުރި ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނުދައްކައި އޮތް 770،311 ރުފިޔާ އަކީ މުވައްޒަފުގެ ފަރާތުން އެސްޓީއޯއަށް ދައްކަން ޖެހޭނެ ފައިސާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ 14 ދުވަސް ތެރޭ ދައްކައި ހަލާސްކުރަން މުވައްޒަފުގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
މަރު
ބޭރު ކުޅިވަރު