އިސްރާއީލުން ގާޒާގައި ފަސް ނޫސްވެރިން މަރާލައިފިއެވެ.
އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 20 މީހުން މަރާލާފައިވާއިރު އޭގެ ތެރޭގައި ފަސް ނޫސްވެރިޔަކުވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ގާޒާގެ ދެކުނުން އޮންނަ ހޮސްޕިޓަލަކަށް ދިން އެ ހަމަލާގައި މަރާލާފައިވަނީ ރޮއިޓާސްގެ ކެމެރާމަނެއްގެ އިތުރުން އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިޔަކާއި އަލްޖަޒީރާގެ ފޮޓޯގްރާފަރެއް ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އަނެއް ދެ ނޫސްވެރިންގެ މައުލޫމާތު އޮފިޝަލުން އަދި ހާމަކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުން ދިން އެ ހަމަލާގައި އާންމުންގެ އިތުރުން ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވާ ގިނަ ބަޔަކު މަރުވެފައިވެއެވެ.
އޮފިޝަލުން ވަނީ އިސްރާއީލުން އެ ހޮސްޕިޓަލަށް ފުރަތަމަ ދިން ހަމަލާއަށްފަހު މީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުން ދަނިކޮށް ހަމަ އެތަނަށް އަލުން ހަމަލާދީފައިވާ ކަމަށް ބުނެފައެވެ
އެ ހަމަލާއާ ގުޅިގެން އިސްރާއީލުގެ ޑިފެންސް ފޯސް އިން ވަނީ ހޮސްޕިޓަލަށް ދިން ހަމަލާގެ ތަހުގީގު ފަށާފައިވާ ކަމަށާއި ނޫސްވެރިންނަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނުދޭ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ