ހދ. ނޮޅިވަރަމްގެ ދަނޑުބިންތަކުން ފީއެއް ނުނެގުމަށް، އެ ރަށުގެ ކައުންސިލުގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ހދ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ދަނޑުބިންތައް އެއީ ނޮޅިވަރަމްގެ ވަކިވަކި އާއިލާތަކަށް އޭގެ ނަފާ އެންމެ ގިނައިން ލިބޭ ކަންތައް ކަމަށެވެ.
"އަޅުގަނޑު ކައުންސިލުގެ ކިބައިން އެދެން އޮތް ކަމަކީ، ސަރުކާރުން ބޭނުންވާ ގޮތް މި ދަންނަވަނީ، މި ރަށުގެ ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނަގާގޮތަށް ބަދަލުކޮށްދޭށޭ. އޭރުން ދަނޑުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަނޑުބިންތަކުން ފީއެއް ނުނެގުމުގެ ސަބަބުން، ދަނޑުވެރިން ކުރިއަރައިގެންދާ ދިއުމުން ލިބޭ ކުރިއެރުން މާބޮޑުވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ބޭނުންވާ ހުއްދައެއް ވިއްޔާ އެ މަނިކުފާނު ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެއީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކުރެވިގެން އެގޮތަށް ވާންވީ ކަމެއް. އަޅުގަނޑަށް ފެންނަގޮތުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި އެންމެ ފުރިހަމަ ގޮތަކަށް ވާނީ އެގޮތަކަށް ދިއުން. އެހެންވީމާ އަޅުގަނޑު އުންމީދުކުރާ ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވަރަށްބޮޑަށް ޝުކުރިއްޔާ!
ނޮޅިވަރަމް ދަނޑުވެރިއެއް - 10 މަސް ކުރިން