ޓެއިލަރ ސްވިފްޓަކީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މިޔުޒިޝަންގެ އިތުރުން، އޭނާގެ މިޔުޒިކުން އެކަނި ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ލަވަކިޔުންތެރިޔާ އެވެ.
ފޯބްސް ރިޕޯޓްކުރާ ގޮތުގައި، ސްވިފްޓްގެ ޖުމްލަ މުދަލުގެ އަގު (ނެޓް ވޯތު) އަކީ 1.6 ބިލިއަން ޑޮލަރެވެ. މީގެ ތެރެއިން 1.2 ބިލިއަން ޑޮލަރު އައިސްފައިވަނީ އޭނާ އަލުން ނެރުނު "ޓެއިލަރސް ވާޝަން" އަލްބަމްތަކާއި، ރެކޯޑް މުގުރާލި "އިރާސް ޓުއަރ" އިން ބޮޑު ކުރެވިފައިވާ އޭނާގެ މިޔުޒިކް ކަލެކްޝަން އިންނެވެ.
ފޯބްސް އަށް ބަލާއިރު، އޭނާ ވަނީ 760 މިލިއަން ޑޮލަރުގެ ނެޓް ވޯތެއް އޮންނަ ބިއޮންސޭ އާއި، 1.4 ބިލިއަން ޑޮލަރުގެ ނެޓް ވޯތެއް އޮންނަ ރިހާނާއަށްވުރެ މުއްސަނދިވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، "ކްރޫއަލް ސަމަރ" ލަވަކިޔުންތެރިޔާގެ ރިއަލް އެސްޓޭޓްގެ އަގު 110 މިލިއަން ޑޮލަރަށް ވަނީ މަތިވެފައެވެ.
ނަމަވެސް، ސްވިފްޓްގެ އެންމެ ބޮޑު ކާމިޔާބީއަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. 2025 ވަނަ އަހަރުގެ މޭ މަހު އޭނާ ވަނީ، ސްކޫޓަރ ބްރޯން އަށް އޭނާގެ މާސްޓަރސް ވިއްކާލިތާ ހަ އަހަރު ފަހުން، އެތަކެތި އޭނާއަށް އަނބުރާ ލިބިފައިވާކަން އިއުލާންކޮށްފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް
އަދާލަތު ޕާޓީ
ބޭންކް އޮފް މޯލްޑިވްސް
އެކްސްޕޯޓް