ސުޕަސްޓާރު ސަލްމާން ޚާން އޭނާގެ މަޝްހޫރު ބިގް ބޮސް ޝޯގެ އާ ސީޒަން 18 ވާދަވެރީންނާއެކު ރޭ ފަށައިފިއެވެ.
ބިގް ބޮސް 19 ރޭ ޖިއޯހޮޓްސްޓާރ އިން ދެއްކުމަށްފަހު ކަލަރސް ޓީވީން ވެސް ދައްކާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މި ޝޯ ފުރަތަމަ އޯޓީޓީއިން ދައްކައި، ދެން ޓީވީން ދައްކާނެ ފުރަތަމަ ފަހަރެވެ.
ސަލްމާން މި ސީޒަން ހޮސްޓުކުރަނީ 15 ހަފުތާއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮންމެ ހަފުތާއަކަށް 10 ކްރޯޑް ރުޕީސް ނަގާއިރު، ޖުމުލަ 150 ކްރޯޑް ރުޕީސް އޭނާއަށް މި ޝޯ ހޮސްޓްކޮށްގެން ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ކުރީގެ ސީޒަންތަކާ އަޅައި ބަލާއިރު ކުޑަ އަދަދެކެވެ. މިސާލަކަށް، ބިގް ބޮސް 18 އަށް އޭނާ 250 ކްރޯޑް ރުޕީސް އަދި ބިގް ބޮސް 17 އަށް 200 ކްރޯޑް ރުޕީސް ނެގިއެވެ.
ސަލްމާންގެ ފީ ކުޑަވީ، އޭނާ ހޮސްޓުކުރާ މުއްދަތު ކުރުވީމައެވެ. 15 ހަފުތާ ފަހުން ފާރާ ޚާން ނުވަތަ ކަރަން ޖޯހަރް ފަދަ މީހުން ޝޯ ހޮސްޓުކުރަން ހަވާލުވާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. ބިގް ބޮސް 19 ގެ ތީމަކީ ސިޔާސީ އެވެ. ޝޯގެ ޕްރޮމޯތަކުން ދޭހަވަނީ އާއްމުންގެ ހިޔާލުތަކުގެ މައްޗަށް ގޭމް ކުރިއަށް ދާނެ ކަމަށެވެ.
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން