ހަ ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.
އެ ހަ ރަށުގެ ތެރެއިން ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް ހަދަން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
އެމްޓީސީސީއާ ހަވާލުކުރީ ކ. ހުރާ ސިއްހީ މަރުކަޒާއި އދ. ދިއްދޫ ސިއްހީ މަރުކަޒާއި ކ. ކާށިދޫ ސިއްހީ މަރުކަޒު އަދި ވ. ފުލިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހެދުމުގެ މަސައްކަތެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް:
- ކ. ހުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
-
- އަގު: 27.2 މިލިއަން ރުފިޔާ
- މުއްދަތު: 360 ދުވަސް
- ސްކޯޕް: އާ ސިއްހީ މަރުކަޒު އިމާރާތެއް
- އދ. ދިއްދޫ ސިއްހީ މަރުކަޒު އާ އިމާރާތުގެ މަސައްކަތް
-
- އަގު: 12 މިލިއަން ރުފިޔާ
- މުއްދަތު: 270 ދުވަސް
- ސްކޯޕް: ޕަބްލިކް ހެލްތު ޔުނިޓް، މަލްޓިޕާޕޮސް ހޯލް، ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖާ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެ. އަދި ޕޯޓިކޯ އާއި ވަށާފާރުވެސް ހިމެނޭނެ.
- ކ. ކާށިދޫ ސިއްހީ މަރުކަޒު އާ އިމާރާތުގެ މަސައްކަތް
-
- އަގު: 7.1 މިލިއަން ރުފިޔާ
- މުއްދަތު: 240 ދުވަސް
- ސްކޯޕް: ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެ.
- ވ. ފުލިދޫ ސިއްހީ މަރުކަޒު އާ އިމާރާތުގެ މަސައްކަތް
-
- އަގު: 27 މިލިއަން ރުފިޔާ
- މުއްދަތު: 360 ދުވަސް
- ސްކޯޕް: އާ ސިއްހީ މަރުކަޒު އިމާރާތެއް
ދެ ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާއެވެ. އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހއ. މާރަންދޫ ސިއްހީ މަރުކަޒު އަދި ހއ. ބާރަށު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތްތަކެވެ.
އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތައް:
- ހއ. މާރަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
-
- އަގު: 11.5 މިލިއަން ރުފިޔާ
- މުއްދަތު: 365 ދުވަސް
- ސްކޯޕް: ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖާ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެ.
- ހއ. ބާރަށް ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
-
- އަގު: 11.5 މިލިއަން ރުފިޔާ
- މުއްދަތު: 365 ދުވަސް
- ސްކޯޕް: ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖާ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެ.
އެ މަސައްކަތްތަކުުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ ޗާޓާ އިންޖިނިއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނާސިރެވެ. އަދި ޗާޓާ އިންޖިނިއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އަބްދުލްއަޒީޒް ހަސަނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް، ޗާޓާ އިންޖިނިއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 917،484 ރުފިޔާގެ އަގަކަށް 100 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު