ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާންތައް ބާތިލުކޮށް، ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ. އެންމެ ފަހުން އިއުލާންކޮށްފައިވަނީ އިއްޔެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ބާތިލުކޮށްފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި މިދިޔަ މަހުގެ 15 ގައި ކޮށްފައިވާ އިއުލާނާއި، މިމަހުގެ ހަތަރުވަނަ ދުވަހު ކޮށްފައިވާ އިއުލާން އަދި އިއްޔެ ކޮށްފައިވާ އިއުލާން ކަމަށެވެ.
އެ އިއުލާންތައް ބާތިލުކުރުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިހާރު ވަނީ އަލުން ހުޅުވާލައިފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމުގެ ތެރެއިން އެއް މަގާމަކީ އެ ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
ރައީސް އޮފީހުން ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމާ ގުޅޭ ފޯމުތައް، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލް