ބަޖެޓު ކުޑަވުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އަށް ބަދަލު ގެންނަން ނިންމައިފިއެވެ.
އެމެރިކާއިން ޑަބްލިއުއެޗްއޯ އިން ވަކިވުމަށް ނިންމާފައިވާ އިރު، އެ ޖަމިއްޔާގެ ބަޖެޓު ކުޑަވެ ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ޑަބްލިއުއެޗްއޯގެ ބަޖެޓަށް ދަތިތަކެއް ކުރިމަތިވުމާއެކު އެ ޖަމިއްޔާއިން ވަނީ ފިޔަވަޅު އަޅަން ފަށައިފައެވެ. އެގޮތުން ބައެއް އޮފީސްތައް އެހެން ތަންތަނަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ބުނެއެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޑަބްލިޔުއެޗްއޯގެ އޮފީސްތަކުގެ ތެރެއިން ޖެނީވާގައި ހުންނަ އެ ޖަމިއްޔާގެ ބޭސް ޖަރުމަނަށް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ޖެނީވާގައި އޮންނަ ޑަބްލިޔުއެޗްއޯގެ ހެލްތު އިމަޖެންސީ ޓީމު ވެސް ޖަރުމަނުގެ ބާލިންއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޑަބްލިއުޔުޗްއޯގެ ޖެނީވާ އޮފީހުގެ އޮޕަރޭޝަނާއި ލޮޖިސްޓިކް ދުބާއީއަށް ބަދަލުކުރުމަށް ނިންމާފައިވާ އިރު، ޖެނީވާގެ އޮފީހުގެ ހެލްތު ވޯކްފޯސް އާއި ނާސިން ޑިޕާޓްމަންޓް ފްރާންސްގެ ލިއޯންއަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.
އޭގެ އިތުރުން ޑަބްލިޔުއެޗްއޯއިން ވަނީ ޖެނީވާގައި ހިންގަމުން ގެންދިޔަ އޮފީހުގެ ޓްރެޑިޝަނަލް މެޑިސިންގެ މަސައްކަތްތައް އިންޑިއާގެ ޖަމްނަގާރްއަށް ބަދަލުކުރަން ވެސް ނިންމާފައެވެ.
ރިިޕޯޓުތައް ބުނާގޮތުން ޑަބްލިޔުއެޗްއޯއިން މި ބަދަލު ގެނައުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން ކުރުމަށް ވަނީ އަމާޒު ހިފައިފައެވެ.
ޑަބްލިޔުއެޗްއޯގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުގައި ވަނީ އެ ބަދަލުގެ ސަބަބުން އަހަރަކު 3.3 މިލިއަން ޑޮލަރު ސަލާމަތްވާނެ ކަމަށް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން