އއ. އުކުޅަހުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްއަކާއި އެ ބޭންކުގެ ބްރާންޗު ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
އުކުޅަހުގައި، އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އުކުޅަހަށް ވަޑައިގެން މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު، އަދި ބީއެމްއެލްގެ ސީއީއޯ މުހަައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ރަމްޒީކޮށް ޑޮލަރު ނަންގަވައިފައެވެ.
ބްރާންޗު އަދި ޑޮލަރު އޭޓީއެމް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އުކުޅަހު ކައުންސިލަށް ހާއްސަ ހަނދާނީ ފިލާއެއް ވަނީ ހަވާލުކޮށްދެއްވައިފައެވެ. އެ ހަނދާނީ ފިލާއާ ކައުންސިލުގެ ފަރާތުން ހަވާލުވީ އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމެވެ.
އޭޓީއެމް އަދި ބްރާންޗު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައިފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު