ކުޑަކުދިންނަށް ދޭ ބޭހެއް ކަމަށްވާ "ކޮފްސީ" އަނެއްކާވެސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.
ކުނޑިތަކެއް ފެނުނު ކަމަށް ބުނެ، ކެއްސާތީ ދޭ އެ ބޭސް ބޭނުން ކުރުމާއި ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިވެސް މަނާކުރިއެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މާކެޓުން ލިބެންހުރި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި، އިތުރު ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމުން އެ ބޭހުގައި މައްސަލައެއް ނެތްކަން ދެނެގަނެވިފައިވާ ކަމަށްބުނެ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަނީ ކޮފްސީ ވިއްކަން އަލުން ހުއްދަ ދީފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖެ އެތެރެކުރާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެއްވެސް ފާމަސީއެއްގައި އެ ބޭސް ވިއްކަން ހުރި ނަމަ، ނައްތާލަން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނުގައި ވަނީ ކޮފްސީ ސިރަޕްގެ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ. އެއިން ފެންނަ ގޮތުގައި ބޭހުގައި ކުނޑިތަކެއް ހުއްޓެވެ.
އާއިޝަތު މާހާ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)