ރާއްޖޭގެ އެންމެ ފުރިހަމަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒު ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލުން މޯލްޑިވްސް ހާފް މެރަތަނުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި މޯލްޑިވްސް ހާފް މެރަތަނުގައި ހިމެނުނީ 21.1 ކިލޯމީޓަރުގެ ހާފް މެރަތަން، 15 ކިލޯމީޓަރުގެ އެންޑިއުރަންސް ޗެލެންޖް، 10 ކިލޯމީޓަރުގެ ޓަފް ރޭސް އަދި އާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި ފަސް ކިލޯމީޓަރުގެ ފަން ރަންއެވެ. އެ ހުރިހާ ކެޓަގަރީއެއްގައިވެސް ބައިވެރިންނަށް ފުރިހަމަ މެޑިކަލް ކަވަރޭޖް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފައެވެ.

އެ އިވެންޓުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިން ހިދުމަތްތައް

  • ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް: ރަނިން އެކްސްޕޯގައި ޓްރީ ޓޮޕްގެ ބޫތަށް ޒިޔާރަތްކުރި ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ފޯރުކޮށްދިން
  • ޕެނަލް މަޝްވަރާތައް: ޑރ. އިބްރާހިމް އިޔާޒް އަދި މިސް ރީބާ ޕެނަލް މަޝްވަރާތަކުގައި ބައިވެރިވެ، ސިއްހަތަށް ފައިދާހުރި ދިރިއުޅުމާއި މަގުމަތީގެ ސަލާމަތާ ބެހޭގޮތުން އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މައުލޫމާތު ހިއްސާކުރެއްވި
  • ސިއްހީ ލަފާ: މޯލްޑިވްސް ހާފް މެރަތަން ޓީމާ ގުޅިގެން، ފައިނަލް އިވެންޓަށް ބައިވެރިން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް އެހީތެރިވުމަށް ރާވައިގެން ދުވުންތެރިންނަށް އަމާޒުކޮށްގެން ސިއްހީ ލަފާ ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިން
  • ދުވުމުގެ އިވެންޓް ދުވަހު މެޑިކަލް ހިދުމަތްތައް: ޓްރީ ޓޮޕް ހޮސްޕިޓަލުން އިވެންޓުގެ މުޅި މުއްދަތުގައި ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މައިދާނީ މެޑިކަލް އެހީތެރިކަން ފޯރުކޮށްދިން

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން މިފަދަ އިވެންޓެއްގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، ކުޅިވަރުގެ ދާއިރާގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މުހިންމުކަން ފާހަގަކުރުން ކަމަށެވެ. އަދި މިއީ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

މިއަހަރުގެ މޯލްޑިވްސް ހާފް މެރަތަނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތުލެޓިކްސް އިވެންޓުތަކުގެ ތެރެއިން އެއް އިވެންޓް ކަމަށްވުމާއެކު، އެ އިވެންޓުގައި ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވުމަށް ހުޅުވާލެވުނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.