ފަޅުވެރިން މުޒާހަރާ ހުއްޓާލުމުން އެއާކެނެޑާގެ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތް ފަށައިފިއެވެ.
އެއާ ކެނެޑާގެ ފަޅުވެރިން ކުރަމުން އައި މުޒާހަރާ ހުއްޓާލުމަށް ނިންމާފައިވާކަން ހާމަކޮށް ފަޅުވެރިންނާ ބެހޭ ޔޫނިއަން އިން ވަނީ އެއާލައިނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެފައެވެ.
10،000 އަށްވުރެ ގިނަ ފަޅުވެރިން ކުރި އެމުޒާހަރާގެ ސަބަބުން އެ އެއާލަންގެ އޮޕަރޭޝަން ހުއްޓި ފްލައިޓުތައް ގްރައުންޑު ވުމުގެ ސަބަބުން އެތައްހާސް ފަސެންޖަރުންނަށް ވަނީ ބޮޑެތިދަތިތަކާ ކުރިމަތިވެފައެވެ.
އެއާ ކެނެޑާ ފަޅުވެރިން މުޒާހަރާ ކުރަން ފަށާފައިވަނީ މުސާރަ ބޮޑުކުރުމަށާއި ފްލައި ނުކުރާ ދުވަސް ދުވަހުގެ ވެސް މުސާރަ ދިނުމަށް ޑިމާންޑުކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އެއާލައިނުން އެކަންކަން ހަމަޔަކަށް އަޅުވާނެ ކަމަށް ނިންމައި އެކަން ޔޫނިއަން އަށް އަންގާފައިވާ ކަމަށް ބުނެފައެވެ.
އެއާ ކެނެޑާއިން ވަނީ އެއެއާލައިންގެ އޮޕަރޭޝަން އަލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި ފުލް އޮޕަރޭޝަނަށް އެއާލައިން ދިއުމަށް ކުޑަދުވަސްކޮޅެއް ބޭނުންވާ ކަމަށް އެއާލައިންގެ އޮފިޝަލުން ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ވިޔަފާރި