ޓްރީޓޮޕް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބޭއްވި ހިތާނީ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ މަހުގެ 20 އިން މިމަހުގެ 9 ގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ކޭމްޕްގައި 120 ކުދިންނަށް ހިދުމަތް ފޯރުކޮށްދިނެވެ. އެ ކޭމްޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ހިތަނީ ކޭމްޕްތަކުގެ ތެރެއިން އެއް ކޭމްޕެވެ.

އާސަންދައިގެ ދަށުން ދެވުނު އެ ހިދުމަތުގެ ޕެކޭޖުގެ އަގަކީ 5،500 ރުފިޔާއެވެ. އޭގެ ތެރޭގައި ސާޖަރީ، ބޭސް، ޓެސްޓުތައް އަދި ފޮލޯއަޕް ބައްދަލުވުންތައް ހިމެނެއެވެ.

ކުޑަކުދިންނަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ކޭމްޕްގައި ބައިވެރިވި ހުރިހާ ކުދިންނަށް ހަނދާނީ ހަދިޔާ ވަނީ ދީފައެވެ. އޭގެ އިތުރުން، ބޭނުންވާ ފަރާތްތަކަށް އިތުރު ފީއަކާއެކު ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ދިނެވެ.

"ކުދިންނަށް ވީހާވެސް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދިނިން،" ހޮސްޕިޓަލުގެ ޕޭޝަންޓް ކެއާ މެނޭޖަރު ވިދާޅުވިއެވެ.

ކޭމްޕްގައި ބައިވެރިވި ގިނަ ބެލެނިވެރިން ހިދުމަތުގެ ފެންވަރާ މެދު ހިތްހަމަޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

"ވަރަށް ރަނގަޅު ހިދުމަތެއް ލިބުނު. ޑޮކްޓަރުންނާއި ނަރުހުން ވަރަށް ގާތުން އަޅާލައި ބެލެހެއްޓި،" ކޭމްޕްގައި ބައިވެރިވި ކުއްޖެއްގެ މަންމަ ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ހިތަނީ ކޭމްޕެއް ބޭއްވުމަށް ހޮސްޕިޓަލުން ރާވާފައިވާ ކަމަށާއި އެ ކޭމްޕްގެ ތާރީހުތައް އިއުލާނު ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށްއޮތް ކޭމްޕްގައިވެސް މިފަހަރުގެ ކޭމްޕެކޭ އެއްފަދައިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ޔަގީންކަންދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.