ރައީސް ޑރ. މުހައްމަދު މުއިއްޒު، އއ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފިއެވެ.
ރައީސް، މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އެ މަނިކުފާނު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅޮހަށް މިއަދު ވަޑަައިގެން، އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން މާޅޮހު ކައުންސިލް މެންބަރުން ބައިވެރިވަވަޑައިގެންނެވިއެވެ.
ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.
ބީއެމްއެލުން މީގެކުރިން ބުނެފައިވަނީ މިއަހަރު 47 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވާ ކަމަށާއި ހަތް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކޮށްފައިވާ ކަމަށެވެ. އެއީ ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު ކަމަށެވެ. އަދި އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު