އަންނަ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކަނޑައެޅުމާބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
އެހެން މުއައްސަސާތަކާ ހިލާފަށް މަޖިލީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. އެކަން އޮންނަނީ އާއްމު ކޮމިޓީން ފާސްކުރުމަށްފަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ބަޖެޓު ހުށަހަޅަން ބޭއްވި އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ބަޖެޓް މައްސަލައަކީ ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއްނޫން ކަމަށެވެ. އަދި ބަޖެޓްގެ ކަންކަން މީޑިއާއަށް ތިލަވެދާނެކަން ފާހަގަކޮށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
އެ ހިސާބުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރިއެވެ.
އިބްރާހިމް ޒަކީ
ބިދޭސީންގެ މައްސަލަތައް
ޒަކާތް
ބޭރު ކުޅިވަރު
އައްޑޫ ސިޓީ
ރައްޔިތުންގެ ފައިސާ ރައްޔިތުންގެ މަޖިލިސް އެކަމަކު ރައްޔިތުންނާއި ގުޅުނެއްނެތް. ފަހެ އަޖާއިބެއްނުވާނެތަ!
ޢަލީ - 11 މަސް ކުރިން