އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ރައްކާތެރިކަން ކޮންމެހެންވެސް ކަަށަވަރުކުރެވިފައިވާން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ވޯލްޑް ހިޔުމެނިޓޭރިއަން ޑޭ މުނާސަބަތުގައި ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ އެކިއެކި ހިސާބުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ކާރިސާތަކުގެ ތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއެކު ރާއްޖެއިން ދެމިތިބޭނެ ކަމަށެވެ.
"ގާޒާއާއި ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުންދާ އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރަން ޖެހޭ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެކަމާމެދު ދެބަސްވުމެއް އޮވެގެން ނުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ފަރާތްތަކަށް މިނިވަންކަމާއެކު އެ މީހުންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އިންސާނީ އެހީ ނާޒުކު އާބާދީތަކަށް ލިބޭކަން ކަށަވަރުކޮށްދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު