އިންޑިއާއިން ރަޝިޔާ ތެޔޮ ގަތުމަކީ ހަނގުރާމައަށް ފަންޑުކުރުން ކަމަށް އެމެރިކާއިން ބުނެފިއެވެ.

ވައިޓްހައުސްގެ ޓްރޭޑް އެޑްވައިޒަރު ޕީޓާ ނަވާރޯ ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުމަތީ ޔޫކްރޭނާއި ރަޝިޔާ ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިޔާއަށް ފަންޑުކުރުން ކަމަށް ފާހަގަކުރައްވައިފައެވެ. ނަވާރޯ ވަނީ އިންޑިއާއިން އެކަން ހުއްޓާލަން ޖެހޭކަމަށްވެސް ފާހަގަކުރައްވައިފައެވެ.

އިންޑިއާއިން ރަޝިޔާ އާއި ޗައިނާއާ ގާތް ގުޅުމެއް ގާއިމުކުރަމުން އަންނަކަންވެސް ނަވާރޯ ވަނީ ފާހަގަކުރައްވައިފައެވެ. އިންޑިއާއިން އެމެރިކާއާ އެކު ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންނަމަ އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމާ މެދު ތަފާތުކޮށް އަމަލުކުރަމުން ގެންދަނީ ރަޝިޔާގެ ތެޔޮ ގަންނަކަމަށް ބުނެކަމަށާއި ނަމަވެސް އެމެރިކާއާއި އީޔޫ އިން ރަޝިޔާގެ މުދާ ގަންނަމުންދާކަމަށް ފާހަގަކޮށްފައެވެ.

އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ ކަމުގެ ކުށުގައި އެމެރިކާއިން ވަނީ އެގައުމަށް އެތެރެކުރާ އިންޑިއާގެ މުދަލުން ނަގަން ނިންމި %25 ޓެރިފް ބޮޑުކޮށް %50 އަށް ބަދަލުކޮށްފައެވެ.