ފަޅުވެރިން މުޒާހަރާ ކުރުމުން އެއާކެނެޑާގެ ހުރިހާ ފްލައިޓެއް ސަސްޕެންޑުކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މުޒާހަރާ ކޮށްފައިވަނީ އެއާ ކެނަޑާގެ ޗެބިންގައި މަސައްކަތް ކުރާ ހުރިހާ ފަޅުވެރިންނެވެ.
ފުލައިޓުތައް ސަސްޕެންޑު ކުރުމުގެ ސަބަބުން 130،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އެކަމުގެ އަސަރުކޮށްފައިވާކަމަށާއި އެމީހުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި 10،000 އަށްވުރެ ގިނަ ފަޅުވެރިން އެއްފަހަރާ މުޒާހަރާކޮށްފައިވަނީ އިއްޔެ ހެނދުނުގެ ފުރަތަމަ ފްލައިޓުން ފެށިގެންނެވެ.
އެއާ ކެނެޑާ ފަޅުވެރިން މުޒާހަރާ ކުރަން ފަށާފައިވަނީ މުސާރަ ބޮޑުކުރުމަށާއި ފްލައި ނުކުރާ ދުވަސްދުވަހުގެ ވެސް މުސާރަ ދިނުމަށް ޑިމާންޑުކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ 180 ސިޓީއަކަށް ދަތުރުކުރާ ހުރިހާ ފްލައިޓުތަކެއް ސަސްޕެންޑުކޮށް އެއާ ކެނެޑާއިން ވަނީ ފަސިންޖަރުން އެއާޕޯޓަށް ނުދިއުމަށާއި އެއާލައިނުން އިރުޝާދު ދޭގޮތަށް ދަތުރު ބަދަލުކުރުމަށް އެދިފައެވެ.
މުހައްމަދު އައުޒަމް
ރައްޔިތުންގެ މަޖިލިސް
ރިޕޯޓް