އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް "ގައުމީ ބޮޑު އެއްވުން"ގެ ނަމުގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
އެ އެއްވުން ފަށާނީ މާދަމާ ހަވީރު 4:30 ގައި މާލޭގެ މާފަންނު ސްޓޭޑިއަމްގައެވެ.
އެއްވުން އިންތިޒާމުކުރާ ކޮމިޓީން ވަނީ އެއްވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ހަވީރު 4:00 އަށް އެ ސަރަހައްދަށް ޖަމާވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް އެ ކޮމިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ކޮމިޓީން ވަނީ އެއްވުމުގައި ބޭނުން ކުރާނެ ސާމާނު ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ،
މީގެ އިތުރުން އެ ކޮމިޓީން ވަނީ އެއްވުމުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބޭރުގެ އެއްވެސް ޑިޕްލޮމެޓުންނަށް އުނދަގޫވާނެ ކަމެއް ނޫނީ އަނިޔާއެއްވެދާނެ ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެ އެއްވުން އިންތިޒާމުކޮށްފައިވަނީ އަންހެންނާއި ފިރިހެނުން ވަކިން ތިބޭ ގޮތަށެވެ.
މީގެ ކުރިންވެސް ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ބާއްވައިފައެވެ.
ފަލަސްތީނު
ފަލަސްތީނު
ފަލަސްތީނު
ފަލަސްތީނު