ރާބޮއިގެން ސައިކަލު ދުއްވަން ދަސްކޮށްދިން މީހަކު، ހައްދު ޖަހައި ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކުރިމިނަލް ކޯޓަށް މި މައްސަލަ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ މއ. އަޅިގެ މުހައްމަދު ހުސެއިން، ހުޅުމާލޭގައި އެލްބޯޑު ނުޖަހައި ސައިކަލް ދުއްވަން ދަސްކޮށްދެނިކޮށް، ފުލުހުންނަށް ފެނިގެން ހުއްޓުވީ ކަމަށެވެ.
އެކަމާބެހޭ މައުލޫމާތު ފުލުހުން ސާފުކުރިއިރު، އޭނާ ބަނގުރާ ބޮއިގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގުކުރުމުން، މަސްތުވުމަށް ބަނގުރާ ބޭނުންކުރާ ކަމަށް ބުނެ އޭނާ އިއުތިރާފުވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އެހެންކަމުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށްކުރިއެވެ.
ޝަރީއަތުގައި ކުށަށް އިއުތިރާފު ވެ، އިއުތިރާފުގެ އެއްބަސްވުން ހަދައި މައްސަަލަ އަވަހަށް ނިންމައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
އެހެންކަމުން ބަނގުރާ ބުއިމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި، 40 އެތިފަހަރުން ޖަލްދު ކުރުމާއެކު 3،600 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެއާއެކު 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ރިޕޯޓް
މިއުޒިކް އިންޑަސްޓްރީ
ކުއްލި ޚަބަރު