ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑު ވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފަށާއި އެގައުމުގެ ސަރުކާރަށް އަދި ޕާކިސްތާނު ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފަ އެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ޕާކިސްތާނުން މިނިވަންކަން ހޯދުމަށްފަހު ހާސިލުކޮށްފައިވާ ކުރިއެރުންތައް ފާހަގަކުރުމުގައި ރާއްޖޭން ބައިވެރިވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އާއިޝަތު މާހާ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ރައީސް މުހައްމަދު ނަޝީދު
ހާރިޖީ ގުޅުން