ޓެއިލާ ސްވިފްޓްގެ 12 ވަނަ ސްޓޫޑިއޯ އަލްބަމް "ދަ ލައިފް އޮފް އަ ޝޯގާލް" އަންނަ އޮކްޓޯބަރު 3 ގައި ނެރޭނެކަން އިއުލާނުކޮށްފިއެވެ.
މި އަލްބަމްގައި 12 ލަވަ ހިމެނޭއިރު، އެއް ކޮލެބޮރޭޝަނެއް އޮވެއެވެ. އެއީ ސަބްރީނާ ކާޕެންޓަރާއެކު ނެރޭ އަލްބަމްގެ ނަމުގައި ހިމެނޭ ލަވައެވެ. އެހެން ލަވަތަކުގެ ތެރޭގައި "ދަ ފޭޓް އޮފް އޮފީލިއާ"، "އެލިޒަބަތު ޓޭލަރ"، "އޯޕަލައިޓް"، "ފާދަރ ފިގަރ"، "އެލްޑެސްޓް ޑޯޓަރ"، "ރުއިން ދަ ފްރެންޑްޝިޕް"، "އެކްޗުއަލީ ރޮމޭންޓިކް"، "ވިޝް ލިސްޓް"، "ވުޑް"، "ކެންސަލްޑް!" އަދި "ހަނީ" ހިމެނެއެވެ.
މި އަލްބަމްގެ ވާހަކަ އިއުލާން ކުރީ ޓްރެވިސް އަދި ޖޭސަން ކެލްސީ ހޯސްޓްކުރާ "ނިއު ހައިޓްސް" ޕޯޑްކާސްޓްގެ އެންމެ ފަހުގެ އެޕިސޯޑުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ޓެއިލާ ބައިވެރިވެގެންނެވެ.
އަލްބަމްގެ ކަވަރުގައި ޓެއިލާ ފެނުގެ ތެރޭގައި ވިދާ ހުދު-ރިހި ކުލައިގެ މިނާޖެހި ހެދުމެއްގައި ފެންނައިރު، އޭގައި ނަން ލިޔެފައިވެއެވެ.
މި އަލްބަމްވެސް ނެރެފައިވަނީ ތަފާތު ޑިލަކްސް އެޑިޝަންތަކާއެކުއެވެ. އެގޮތުން "ސްވެޓް އެންޑް ވަނީލާ ޕަރފިއުމް"، "އިޓްސް ފްރައިޓަނިން"، "އިޓްސް ރެޕްޗަރަސް" އަދި "އިޓްސް ބިއުޓިފުލް"ހިމެނެއެވެ.
މީގެ ކުރިން 2024 ވަނަ އަހަރުގެ އެންމެ ގިނައިން ވިކުނު އަލްބަމް ކަމަށްވާ "ދަ ޓޯޗަރޑް ޕޮއެޓްސް ޑިޕާޓްމަންޓް" އަށް ފަހު ސްވިފްޓް ނެރޭ ފުރަތަމަ އަލްބަމަކީ މިއީއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް
އަދާލަތު ޕާޓީ
ބޭންކް އޮފް މޯލްޑިވްސް
އެކްސްޕޯޓް