އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރުމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ރާއްޖެއަށްވީ ފައިދާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓް ރާއްޖޭން މަނާކުރުމާ ގުޅިގެން ރާއްޖެއަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓް މަނާކުރުމާ ގުޅިގެން އަރަބި އިސްލާމީ އުއްމަތާ ރާއްޖެ އިތުރަށް ގާތްވެގެން ދިޔަ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުން، އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެއަށް ޒިޔާތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ހަލީލް ވިދާޅުވިއެވެ.
"ތި ބޭފުޅުންނަށް ޓޫރިޒަމް އެރައިވަލް ބައްލަވައިލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ، އިސްލާމީ އެކިއެކި ގައުމުތަކުން ރާއްޖެ އަންނަ އަދަދު އިތުރުވެގެން ހިނގައްޖެ،"
ހަލީލް ވިދާޅުވީ ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލައި އެ ގައުމުގައި އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލުމުގައި އިސްކޮށް ހަރަކާތްތެރިވީ ރާއްޖެކަމަށެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅިގެން އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ތައުރީފު ރާއްޖެއަށް ލިބިގެންދިޔަ ކަމަށާއި، އެކަމުގެ ނަތީޖާ މިއަދު ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ.
އޭގެ ތެރެއިން އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމަކީ ހެއްކެއްކަން ފާހަގަކުރައްވައި އޭގެ ނަތީޖާއަކީ އަރަބި އިސްލާމީ ގައުމުތަކާ އެކު ވަރުގަދަ ގުޅުންތައް އުފެދި، ފަލަސްތީނުގެ މައްސަލައިގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގެންފައިވާކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
އަންހެނުން
ވިޔަފާރި
ހޮރްމުޒް ކަނޑުއޮޅި