ގައްޒާގައި އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް، މުޅި ދުނިޔެ، ހާއްސަކޮށް ވިލާތުގެ ގައުމުތަކުން ތެދުވީ ރާއްޖޭން ކުރި މަސައްކަތުން ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އަޑުހަރުކޮށް ވަކާލާތުކުރަން ފެށި މޫވްމަންޓު ލީޑުކުރީ ރާއްޖޭން ކަމަށެވެ.
ރާއްޖެއަކީ ކުޑަ ގައުމެއް ނަަމަވެސް ދިވެހި ރައްޔިތުން އެދޭ ގޮތަށް މި ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، އަރަބި އިސްލާމީ ގައުމުތަކާ އެކު ގުޅުންތައް ބޭއްވުމާއި، ފަލަސްތީނުގެ ހައްގުގައި އެންމެ ވަރުގަދައަށް، މަސައްކަތްކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގެންފައިވާކަމަށްވެސް ވިދާޅުވިއެވެ.
އިސްރާއީލާ ދެކޮޅަށް ރާއްޖޭން އެޅި ފިޔަވަޅުގެ ތެރެއިން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަކީވެސް، އިސްލާމީ އުއްމަތުގެ ތައުރީފު ރާއްޖެއަށް ލިބުނުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަތީޖާއެއްގެ ގޮތުން، ވިލާތުގެ ބޮޑެތި ބައެއް ގައުމުތަކުން މިހާރު ވަނީ ގައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ތެދުވެ، އަޑުހަރުކޮށް ވާހަކަ ދައްކަން ފަށާފައިކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
އަންހެނުން
ވިޔަފާރި
ހޮރްމުޒް ކަނޑުއޮޅި