ދާދި ފަހުން ރާއްޖޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވި، ޕްރިންސް ފަހްދު އައް ސައުދަކީ ސައުދީ އަރަބިއްޔާގެ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ، ޕްރިންސް ފަހްދު އައް ސައުދަކީ، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއްނޫންކަން ހާމަ ކުރެއްވުމަށްޓައި އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މީކާއިލް ވަނީ ފަހުދަކީ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އޭނާ ރާއްޖެ ވަޑައިގެން ރައީސް މުއިއްޒުއާއެކު ބައިވެރިވަޑައިގެންނެވި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ސައުދީ އެމްބަސީން ބައިވެރިވެފައި ނުވަނީ ކީއްވެތޯ އާއި ފަހުދަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ހަގީގަތާ ހިލާފަށް ނަމަ ސައުދީ އާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ، މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަހަދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށާއި އޭނާ ރާއްޖެއަށް ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި އަމިއްލަ ބައެއް މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ.
"އޭނާ ވަޑައިގެންފައިވަނީ މޯލްޑިްވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތަށާއި އަދި އެކަމުގައި ޝާމިލުވާ އެހެން ބޭބޭފުޅުންނާއެކު ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވުމުގެ ބޭނުމުގައި،"
އެ ރަސްމިއްޔާތުގައި ސައުދީ އެމްބަސީގެ ބޭފުޅުން ބައިވެރިވ ވަޑައިނުގެންނެވި ސަބަބު އޮޅުންފިލުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނުރަސްމީކޮށް އަދި ރަސްމީކޮށްވިޔަސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގައި ބޭފުޅަކު ވަޑައިގަންނަވާއިރު، އެ ރަސްމިއްޔާތުގައި ބައިވެރިކުރާނީ ކޮންބައެއްކަން ނިންނމެވުމުގެ އިހްތިޔާރު އޮންނާނީ ރައީސަށް ކަމަށެވެ.
"ރައީސްގެ އިހުތިޔާރުގައި އޮންނަކަމެއް އެއީ ބައިވެރިކުރާނީ ކޮންބައެއްތޯ، ނުކުރާނީ ކޮންބައެއްތޯ ނަަމަވެސް އާއްމު ގޮތެއްގައި ރަސްމީ ކަމެއްގައި ވަޑައިގަންވާއިރު ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅަކު ނިސްބަތްވާ ގައުމެެއްގެ ހާރިޖިއްޔާ ތަމްސީލު ކުރައްވާ ފަރާތްތަކަށް ދައުވަތުދެމުން ގެންގޮސްފައިވާކަން ފާހަގަކުރަން، ފަހްދު ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައިކަމަށްވާތީ، އެކަަމަކީ ސައުދީ އެމްބަސީއަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރުން އެމަނިކުފާނު ކަނޑައަޅުއްވާ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެން އެބައްދަލުވުން ކުރިއަށްގެންދިޔައީ،"
ހަލީލު ވިދާޅުވީ އެކަމުގެ ސަބަބުން ސައުދީ އާއި ރާއްޖެއާ ދެގައުމުގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ.
އިބްރާހިމް ޒަކީ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އަދާލަތު ޕާޓީ
ހާރިޖީ ގުޅުން