ފިލްމު "ޖޮލީ އެލް.އެލް.ބީ 3" ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ. ސުބާޝް ކަޕޫރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޓީޒާ ވަނީ އިއްޔެ އާންމުކޮށްފައެވެ.
ފިލްމުގެ ޓީޒާއިން ކަށަވަރުކޮށްދޭ ގޮތުގައި، އަރުޝަދު (އެޑްވޮކޭޓް ޖަގްދީޝް ޓިޔާގީ) އާއި އަކްޝޭ (އެޑްވޮކޭޓް ޖަގްދީޝްވަރު މިޝްރާ) ދެ މީހުންވެސް އެމީހުންގެ ކުރީގެ ރޯލުތައް އަނބުރާ ކުޅެއެވެ. ފިލްމުގެ މައިގަނޑު ތީމަކީ ދެ ޖޮލީގެ މެދުގައި ކޯޓުގައި ދިމާވާ ހާލަތުތަކެވެ.
ޖަޖް ސުންދަރުލާލް ތުރިޕާޓީގެ ރޯލުން ސޯރަބް ޝުކްލާ ވެސް އަނބުރާ އަންނައިރު، އޭނާ އަންނަނީ ދެ "ޖޮލީ" އާއި އެކު ކޯޓުގައި ދިމާވާ ހަލަބޮލިކަމަށް ތައްޔާރުވެގެންނެވެ. މީގެ އިތުރުން އަރުޝަދުގެ އަންހެނުން ސަންދިޔާ ޓިޔާގީގެ ރޯލުން އަމްރިތާ ރާއޯ ވެސް ކުޑަ ވަގުތަކަށް ފެނިގެންދެއެވެ.
މި ފިލްމަކީ އަކްޝޭ އަދި ހޫމާ ގުރޭޝީ އާ އެކު ރިލީޒްކުރި "ޖޮލީ އެލް.އެލް.ބީ 2" ގެ ސީކުއެލްއެކެވެ. ސީރީޒްގެ ފުރަތަމަ ފިލްމު "ޖޮލީ އެލް.އެލް.ބީ" ގައި ހަރަކާތްތެރިވެފައިވަނީ އަރުޝަދު އާއި އަމްރިތާ އެވެ. ހޫމާ ގުރޭޝީ އަދި އަނޫ ކަޕޫރު ވެސް ހިމެނޭ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަމަހުގެ 19 ވަނަ ދުވަހުއެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު