އިސްރާއީލު ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާކުރަން ފަށައިފިއެވެ.
އިސްރާއީލުގެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާކުރާން ފަށާފައި މި ވަނީ ސަރުކާރުން އެ ގައުމުގެ މިލިޓަރީ ބޭނުން ކޮށްގެން ގާޒާގައި ހިންގަމުންގެންދާ ޖަރީމާތައް އިތުރު ދަރަޖައަކަށް މަތިކޮށް ގާޒާ ހިފަން މަސައްކަތް ފަށާފައިވާތީ އެވެ.
އިސްރާއީލުގެ މަގުތަކުގައި މުޒާހަރާތައް ފަށާފައިވާއިރު އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ގާޒާގައި ރަހީނުކޮށްފައިވާ އިސްރާއީލުގެ މީހުންގެ އާއިލާތައް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުން ގާޒާގައި ކުރިޔަށްގެންދާ އޮޕަރޭޝަން ވަރުގަދަ ވުމުގެ ސަބަބުން ރަހީނުކޮށްފައިވާ ފަރާތްތަކަށް ނުރައްކާވެގެން ގޮސްފައިވާކަމަށް ބުނެފައެވެ.
އިސްރާއީލުގެ އާންމުން އެގައުމުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށި ނަމަވެސް، އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަލަށް ފެށި އޮޕަރޭޝަނުގެ ސަބަބުން ރަހީނުކޮށްފައިވާ އެންމެން ސަލާމަތްވާނެ ކަމަށް ބުނެފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ހަނގުރާމަ ހުއްޓާލައި އިސްރާއީލުން ރަހީނުން ސަލާމަތްކުރަން ޕްލޭނެއް ހެދުމަށް ގޮވާލައިފައެވެ.
ރިޕޯޓުތަކުން ބުނާގޮތުން މުޒާހަރާގައި އިސްރާއީލުގެ މިލިޓަރީއަށް ހިދުމަތްކޮށްދީފައިވާ 350 އަށްވުރެ ގިނަ ސިފައިންވެސް އިސްކޮށް ހަރަކާތްތެރިވަމުން އެބަދެއެވެ.
މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ ކެބިނެޓުން ފާސްކޮށްފައިވާ ގާޒާ އެއްކޮށް ހިފުމުގެ ޕްލޭންގެ މަސައްކަތް އިސްރާއީލުން ފެށުމާއެކު ދުނިޔޭގެ ބޮޑެތި ގައުމުތަކުންނާއި ޖަމާއާތްތަކުން ވަނީ އެކަން ކުށްވެރިކޮށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ.
މުހައްމަދު އައުޒަމް
ބޮޑުތަކުރުފާނު މަގު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުށް